ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)265/265/2024/5
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 21 ޖަނަވަރީ 2024 00:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އީސާ ކަލޭފާނަށް ތްރީފޭސް ކަރަންޓު އެޅުމަށް ކޯރުކޮނެ ކޭބަލް ވަޅުލާ މީޓަރު ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ހދ. ކުރިނބީ މަސްޖިދުލް އީސާ ކަލޭފާނަށް ތްރީފޭސް ކަރަންޓު އެޅުމަށް ކޯރުކޮނެ ކޭބަލް ވަޅުލާ މީޓަރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

އަންދާސީހިސާބު ހުށަހެޅުން

އޮންލައިން ފޯމް މެދުވެރިކޮށް

ލިންކް: https://forms.gle/4pXSedLghjf55wmG8

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް

24 ޖަނަވަރީ 2024 ވާ ވާ ބުދަ ދުވަހުގެ 13:00 ގައި

 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 20 ޕޮއިންޓެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2024