ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2024/02
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 25 ޖަނަވަރީ 2024 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްހޯދުން:

އިޢުލާން

 

ރުއްގަހުގެ ވެރިފަރާތްހޯދުން:

 

     މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ، ކުޑަހުވަދޫ ލޭންޑްޔޫޒް ޕްލޭންގައި ފަތުރުވެރިކަމަށް ފާހަގަކޮށްފައިވާ ސަރަހައްދުގައި (ކުޑަހުވަދޫ ކުނިކޮށީގެ ދެކުނުން އޮންނަ ހުސްބިން) ހުރި ރުއްގަހުގައި ހުދުކުލައިން ފާހަގަކޮށް، ނަންބަރު ޖަހާފައި ވާނެއެވެ.

     ވީމާ މިދެންނެވި ސަރަހައްދުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، އެ ރުއްގަހުގެ ވެރިން 2024 ޖަނަވަރީ 25 ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ. އަދި މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ސަރަހައްދުގައި ހުރި އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން  ނަންގަވައި، ތަންހުސްކުރުމަށް އަންގަމެވެ.

     04 ރަޖަބް 1445

15 ޖަނަވަރީ 2024