ބީލަން
ނަންބަރު: (IUL)316/316/2024/7
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 31 ޖަނަވަރީ 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫއިން ގެސްޓް ހައުސްގެ ވިޔަފާރިއަށް އަދި ޑައިވް ސެންޓަރއާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

ބ.ކިހާދޫގައި  ފަތުރުވެރިކަމުގެ  ބޭނުމަށް ގެސްޓް ހައުސް ހެދުމަށާއި ޑައިވް ސެންޓާއާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރި ކުރުމަށް 30

އަހަރުގެ މުއްދަތައް ބިން ކުއްޔަށް ދޫކުރުމަށްކުރި މިއިދާރާގެ ނަންބަރ (IUL)316/316/2023/121  (25 ޑިސެމްބަރ 2023) އިޢުލާން ބާޠިލްކޮށް  އަލުން މި ބިންތަކުގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބިޑަކީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ސައްތައިންސައްތަ  ދިވެހި އަމިއްލަ ވިޔަފާރިތަކަށާއި  ކުންފުނިތަކަށާއި ދިވެހި

ޕާޓްނަރޝިޕްތަކަށް ހުޅުވާލެވިފައިވާ ބިޑެކެވެ. އެއްވެސް ސިފައެއްގައި ބިދޭސީންނަށް މި ބިޑުގައި ބައިވެރި ނުވެވޭނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިބީލަމާ ގުޅޭ މައުލޫމާތު ހިމެނޭ "ބީލަންފޮތް" ގަންނަން

ވާނެއެވެ. އަދި ބީލަން ފޮތް ނުގަންނަ ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. އެއްބިމަށްވުރެ ގިނަބިމަށް ބީލަން ހުށަހަޅާނަމަ ކޮންމެ ބިމަކަށް ވަކިން ބީލަންފޮތް ގަންނަންވާނެއެވެ. ބީލަން ފޮތް 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކިހާދޫ ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބިޑްފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަކޮށް މި އިދާރާގެ އީމެއިލް: [email protected] އަށް ފޯމާއިއެކު ބިޑްފޮތް ބައްލަވައިގަތުމަށްއެދި ރިކުއެސްޓް ކުރެއްވުން އެދެމެވެ. ބިޑް ފޮތުގެ އަގަކީ 2000/-ރ (ދެހާސް ރުފިޔާ) އެވެ. ބިޑްފޮތް ގަތުމަށް ދައްކާ ފައިސާއަކީ ނޮން-ރިފަންޑަބަލް ފައިސާއެވެ.

       މި ބީލަމާ ގުޅިގެން ބީލަންފޮތް ގަންނަ ފަރާތްތަކަށް އިތުރު މައުލޫމާތު  ދިނުމުގެ ގޮތުން ބޭއްވޭ މަޢުލޫމާތު  ބައްދަލުވުން 5 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ.

      ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހުށަހަޅާނަމަ 27 ފެބުރުއަރީ 2024 ގެ 14:00 ގެ ކުރިން ހުށަހަޅަން ވާނެއެވެ. މި އިޢުލާނާ ގުޅިގެން ބިންތަށް ދޫކުރެވޭ ސަރަހައްދު އެނގޭނެ ޗާޓެއް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

ބިންތައް ކުއްޔަށް ދޫކުރެވޭ އެންމެ ކުޑަ އަގު: ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް ދޫކުރެވޭ ބިންތަކަށް މަހަކު އަކަފޫޓަކަށް 6.00 ރުފިޔާ އަދި ޑައިވް ސެންޓަރ އާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް ދޫކުރެވޭ ބިންތަކަށް މަހަކު އަކަފޫޓަކަށް 8.00 ރުފިޔާ

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2024