ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)362/362/2024/7
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 18 ފެބުރުވަރީ 2024 12:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ރަތްމަންދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.                                 ނަމްބަރ: (IUL)362/362/2024/7

 

 

 

އިޢުލާނު

ކައުންސިލްއިދާރާގެ ލޯގޯ ފަރުމާ ކުރުމާ ބެހޭ

 

                  މިއިދާރާގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި މިރަށު (މ.ރަތްމަންދޫ) ގެ ރަށްވެހީންނަށެވެ. މި ފުރުޞަތުގެ ދަށުން މިއިދާރާއަށް ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯ ހުށަހަޅާ ފަރާތައް 5،000.00 (ފަސްހާސް) ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ލޯގޯ ފަރުމާ ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

  1. ލޯގޯއަކީ މ. ރަތްމަންދޫ ރަމްޒުކޮށްދޭ ފަދަ އަމިއްލަ ވަންތަ ލޮގޯއަކަށް ވުން
  2. މ. ރަތްމަންދޫއަށް ޚާޢްޞަ ސިފަތަކާއި ކަންކަމާއި ތަކެތި ރަމްޒުކޮށްދޭ ލޯގޯއަކަށް ވުން ( މިގޮތުން މިރަށުގެ އަމަންއަމާން ކަމާއި ހިމޭން ވެށި ރަމްޒުކޮށްދިނުން )
  3. އިސްލާމް ދީން ރަމްޒުކޮށްދޭ ލޯގޯއަކަށް ވުން
  4. ލޯގޯގައި ހިމެނޭ ކޮންމެ ކުލައަކުން ރަމްޒުކޮށްދޭ މާނަ މިއިދާރާއަށް ލިޔުމުން ހުށަހެޅުން
  5. ލޯގޯގައި ހިމެނޭ އެހެނިހެން ބައިތަކުން ރަމްޒުކޮށްދޭ މާނަ ތަފްޞީލާއެކު މިއިދާރާއަށް ލިޔުމުން ހުށަހެޅުން
  6. ލޯގޯ އަކީ މުޅިން އައު އަމިއްލަވަންތަ ލޮގޯއަކަށް ވުން ) ހުށަހަޅާ ލޯގޯގައި އެހެން ފަރާތެއްގެ ފިކުރީ މުދަލެއް ހިމަނާފައިވާނަމަ އެކަމަށް ޒިންމާވާން ޖެހޭނީ ލޯގޯ ހުށަހެޅި ފަރާތުންނެވެ. )
  7. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ DPi600 ނުވަތަ އެއަށްވުރެ މައްޗެވެ.
  8. ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލިޓީ ވާރޝަން އަދި SVG ފޯމެޓަށެވެ.
  9. ލޯގޯ ފަރުމާކުރާއިރު ކައުންސިލް އިދާރާގެ ނަން ލޯގޯ ގައި ހިމަނާނީ:
  • ދިވެހި ބަހުން: މ. ރަތްމަންދޫ ކައުންސިލް
  • އިނގިރޭސި ބަހުން: M.Raiymandhoo Council

ހުށަހަޅަން ޖެހޭ ތަކެތި

  1. ލޯގޯގެ PSD, PNG އަދި JPEG ފައިލް
  2. ލޯގޯ ފަރުމާ ކުރުމުގައި ބޭނުން ކުރި ފޮންޓް
  3. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލް ( ލޯގޯގެ PDF ފައިލް 10 އެމް.ބީ އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
  4. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓްގައި
  5. ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާ ނުލައި ލޯގޯ ބޭނުން ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ދޭކަމުގެ ލިޔުން
  6. ލޯގޯ ހުށަހަޅާ ފަރާތުގެ ވަނަވަރު
  7. ލޯގޯ ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
  8. ލޯގޯގެ ކުލަތަކާއި ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްޞީލް ބަޔާންކޮށްދޭ ލިޔުން
  9. ލޯގޯގައި ބޭނުންކޮށްފައިވާ ކުލަތަކުގެ ތަފްޞީލް ( ކަލަރ ކޯޑް-CMYK)

އެންމެ ރަނގަޅު ލޯގޯއެއް ކަނޑައެޅުން

                  އެންމެ ރަނގަޅު ލޯގޯ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އެކުލަވާލާ ކޮމިޓީއަކުން، ތިރީގައި ބަޔާންކޮށްފައިއެވާ މާރކްސް ދިނުމުގެ މިންގަނޑާއި އެއްގޮތަށް މާރކްސް ދިނުމުން އެންމެ މަތީ މާރކްސް ލިބޭ ލޯގޯ ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައި ފާސްކޮށްގެންނެވެ.

ތަފްޞީލް

މާރކްސް

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

20

އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު

25

އަމިއްލަވަންތަކަން

25

ބަޔާންކޮށްދީފައިވާ މިންގަނޑުތަކާއި އެއްގޮތަށް ރަމްޒުކޮށްދީފައިވާ މިންވަރު

30

 

                  މަތީގައި ބަޔާންކޮށްފައިވާ ފޯމެޓަށް ލޯގޯއާއި ލޯގޯއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2024 ފެބްރުއަރީ 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ހުށަހަޅުއްވާނީ [email protected]  އަށެވެ.

      04  ރަޖަބު 1445     

      16 ޖެނުއަރީ 2024

16 ޖަނަވަރީ 2024