ޢާންމު މަޢުލޫމާތު
ނަންބަރު: (I)(I)HR/AP/2024/6
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 21 ޖަނަވަރީ 2024 13:00
ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:-

ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:-

މިހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

 21 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ  13:00 (ހޮސްޕިޓަލުގެ މީޓިންގ ރޫމަށް )

އަންދާސީ ހިސާބު ހުށަހެޅުމަށް

 28 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ( ހޮސްޕިޓަލުގެ މީޓިންގ ރޫމަށް)

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެ ކުންފުންޏެއް ތަމްސީލު ކުރުމަށް ކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއަކާއިއެކު ފޮނުވުމަށް ދަންނަވަމެވެ.

އަދި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ހޮސްޕިޓަލުގެ ނަންބަރ 6861860 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

16 ޖަނަވަރީ 2024