މަސައްކަތް
ނަންބަރު: 116-FB2/IL/2024/14
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 23 ޖަނަވަރީ 2024 11:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނަންބޯޑުތަކެއް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބޯޑުތަކެއް ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި ބައެއް ޑިއުޓީފްރީ ފިހާރަތަކުގެ ބަލްކްހެޑް ނަންބޯޑުތައް ބަދަލުކޮށް، މިކުންފުނިންދޭ މިންގަޑުތަކާއި އެއްގޮތަށް އައު ބަލްކްހެޑް ނަންބޯޑުތަކެއް އަމިއްލަ ތަކެތީގައި ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތްތަކުގެ ތެރޭގައި، މިކާމާއި ގުޅޭ ކްލެޑިން، ކަރަންޓު ،ލައިޓިން އަދި ނައްޓާލާ ބޯޑުތައް އުކާލުންފަދަ މަސައްކަތްތައްވެސް ހިމެނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 23 ވާ އަންގާރަދުވަހުގެ ހެދުނު 11:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

     "ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖަނަވަރީ 31 ވާ ބުދަދުވަހުގެ ހެދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 31 ވާ ބުދަދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

16 ޖަނަވަރީ 2024