ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2024/09
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 31 ޖަނަވަރީ 2024 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު: ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލް

މުސާރަ އާއި ޢިނާޔަތްތައް:  -/14,421 ރުފިޔާ

ޢަދަދު: 08

ޝަރުތު:

- ގްރޭޑް 10 ނިންމާފައިވުން، 

- މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްކޮޅު: ފިރިހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓު 03 އިންޗި އަށްވުރެ ކުރު ނުވުން، އަދި އަންހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓަށްވުރެ ކުރު ނުވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

- ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން،

މަޤާމުގެ މަސްޢޫލިއްޔަތު: ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް:

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން،

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް.(އައްޑޫ ސިޓީ)

ހުށަހަޅަންޖެހޭ ލިޔުންތައް: 

- ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް،

- ފުލުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،

- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 16:00 ގެ ކުރިން އައްޑޫ ސިޓިގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަސް އަދި އައްޑޫ ސިޓީ ޕޮލިސްގެ ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

04 ރަޖަބު 1445

16 ޖަނަވަރީ 2024

16 ޖަނަވަރީ 2024