މަސައްކަތް
ނަންބަރު: 171-M(F2)/IUL/2024/006
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 25 ޖަނަވަރީ 2024 12:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި މުއައްސަސާއަށް ބޭނުންވާ 20 ފޫޓުގެ ކޮންޓެއިނަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު

      PC-171/2023/W324

އިޢުލާން ނަންބަރު

171-M(F2)/IUL/2024/006

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. މި މުއައްސަސާއަށް ބޭނުންވާ 20 ފޫޓުގެ ކޮންޓެއިނަރ އެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމުއައްސަސާގެ ނަންބަރު 171-M(F2)/IUL/2023/394 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފާހަގަ ކުރެވޭތީވެ ދެންނެވިފައިވާ އިޢުލާން ބާޠިލްކޮށް، މިމަސައްކަަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓް ރީނަމްބަރު ލިބުމުންނެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ  2024 ޖަނަވަރީ 25 ވަނަ ދުވަހުގެ 12:00 އެވެ. ބީލަމަށް ރަޖިސްޓްރީ ވުމަށް ދެވިފައިވާ ތާރީޚްގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 30 ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރުކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  7. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2024 ޖަނަވަރީ 29  ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]
  • ކޮޕީ: [email protected]
16 ޖަނަވަރީ 2024