ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)330-A/330/2024/5
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 23:01
ސުންގަޑި: 22 ޖަނަވަރީ 2024 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސެކިއުރިޓީ އޮފިސަރ

މަޤާމު:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ނަމްބަރު:

J-395035, J-395036, J-395037

ބޭނުންވާ އަދަދު:

3

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (02 އަހަރު ދުވަހުގެ މުއްދަތަށް)

މަޤާމުގެ ރޭންކު:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 3,470.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ.

3. ސަޕޯޓިންގ ކޯ އެލަވަންސް 1 ގެ ގޮތުގައި މަހަކު 1200.00 ރުފިޔާ.

4. މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި މަހަކު 1828.00 ރުފިޔާ.

5. ޑިއުޓީ އެލަވަންސްގެ ގޮތުގައި ދުވާލުގެ ޑިއުޓީއަކަށް 25.00 ރުފިޔާ އަދި ރޭގަނޑުގެ ޑިއުޓީއަކަށް 45.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލާއެއްގޮތަށް ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ސެކިއުރިޓީ އޮފިސަރުގެ ޑިއުޓީ ގަޑީގައި މަދުވެގެން ކޮންމެ 15 މިނިޓަކުން 1 ފަހަރު ކައުންސިލް އިދާރާގެ ބޭރުން ގޯތި ތެރޭގައި ވަށާ ބުރުޖަހާ ތަން ޗެކުކުރުން.
  3. ސެކިއުރިޓީ އޮފިސަރުގެ ޑިއުޓީ ގަޑީގައި އާދަޔާ ޚިލާފް އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ ކައުންސިލް އިދާރާގެ ވެރިޔަކަށް ފޯނުން ގުޅާފައި އެންގުން.
  4. ސެކިއުރިޓީ އޮފިސަރު ޑިއުޓީ އާއި ޙަވާލުވާ ކޮންމެ ވަގުތަކު ކައުންސިލް އިދާރާގެ ދޮރުތައް ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ކަށަވަރުކުރުން އަދި ދޮރެއް ހުޅުވިފައި ހުރެ އިދާރީ މުވައްޒަފަކު  ނޫންނަމަ  ކައުންސިލަރަކު އިދާރާ ގައިނެތްނަމަ ކައުންސިލް އިދާރާގެ ވެރިޔަކަށް ރިޕޯރޓްކުރުން.
  5. ސެކިއުރިޓީ އޮފިސަރެއްގެ ޑިއުޓީ ޝިފްޓް ނިންމާ ތަން ދޫކޮށްލަންވާނީ ޖެހިގެން އޮންނަ ޝިފްޓްގެ ސެކިއުރިޓީ އައިސް ތަން ޗެކުކޮށް ތަނާއި ޙަވާލުވުމަށް ފަހުއެވެ. އަދި ތަނުގައި އާދަޔާ ޚިލާފްކަމެއް ހިނގާފާނެކަމަށް ޝައްކު އުފެދޭ ކަމެއް ހިނގާނަމަ ދެ ސެކިއުރިޓީން އެކަމުގެ މަޢުލޫމާތު ހިއްސާ ކުރަންވާނެއެވެ.
  6. ސެކިއުރިޓީ އޮފިސަރު ޑިއުޓީ ބަދަލުވާ ގަޑިޖެހި 15 މިނެޓް ހަމަވާއިރު ޝިފްޓް ސެރިއުރިޓީ ޙާޟިރު ނުވެއްޖެނަމަ  ކައުންސިލް އިދާރާގެ ވެރިޔަކަށް އަންގަންވާނެއެވެ.
  7. މަދުވެގެން ކޮންމެ ދުވަހަކު އެއްފަހަރު ކައުންސިލް އިދާރާގެ ގޯތިތެރެ ކުނިކަހާ ސާފު ކުރުން.
  8. ކައުންސިލް އިދާރާގެ ގޯތިތެރޭގައި އިންދާފައިހުންނަ ގަސްތަކަށް ފެންޖެހުމާއި ގަސްތައް ބެލެހެއްޓުން.
  9. ކައުންސިލްއިދާރާއިން އަންގާ ގޮތެއްގެމަތީން ކައުންސިލްއިދާރާއިން ރާވާ މަސައްކަތްތަކުގައި ބައިވެރިވުން.
  10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް  ފުރިހަމަޔަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި  އިދާރީގޮތުން ކުރަންޖެހޭއެއްމެހާކަންތައް ސެކެޓްރީ ޖަނަރަލް ނުވަތަ ސްޕަރވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތީން ކުރުން.
  11. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލް އިދާރާގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެއްމެހާކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖަނަރަލްއަށް ފުރިހަމަޔަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ނުވަތަ،

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލްކޮށްފައިވުން.
  2.  

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ގްރޭޑް 5 ނުވަތަ އެއަށްވުރެމަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފާއިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމްގެ ތަޢުލީމާ ރޮނގުތައް:

  • ނެތް

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

  • ސެކިއުރިޓީ ސާރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުތުހަމަވުން – (%30)

2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު – (% 05)

3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ – (% 05)

4. އިންޓަރވިއު – (% 60)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (22 ޖެނުއަރީ 2024) ގެ (14:00) ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (24 ޖެނުއަރީ 2024) އާއި (31 ޖެނުއަރީ 2024) އާ ދެމެދު، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި މަޤާމަށް ހޮވޭ ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް މަސައްކަތަށް ރަނގަޅުކަމުގައިވާނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6641016، 6640996 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
15 ޖަނަވަރީ 2024