ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)160-CS/1/2024/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 22:16
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ބޭފުޅުންގެ ދަފްތަރެއް އެކުލަވާލުމާއިގުޅޭ
އިއުލާން
ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށްވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިމަރުކަޒަށް ހުށައެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅަންޖެހޭ ފޯމު މިމަރުކަޒުގެ (www.nchq.gov.mv) ވެބްސައިޓުންނާއި، މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ޤުރްއާން ކިޔަވާ ފަރާތްތައް ހޮވުމުގައި، ކިޔެވުން އަޑުއެހުމަށްފަހު ދަފްތަރު ކުރަން ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ. މިކަމާ ގުޅިގެން މައުލޫމާތު ހޯއްދެވުމަށް 3019328 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ގޫގްލް ފޯމް: https://forms.gle/vRzS1KJzTrSoF6o3A
15 ޖަނަވަރީ 2024