ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2015/04
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 12 އޭޕްރިލް 2015 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު

2 (ދޭއް)

މަޤަމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޜަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލެބޯޓްރީގައި ކުރަންޖެހޭ އަދި ކުރަމުންގެންދާ ހުރިހާ ޓެސްޓްތައް ކުރުމާއި، ޕޭޝަންޓުންގެ ލޭނެގުން.
  2. ލެބޯޓްރީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓާއި ލިޔުންފަދަ ތަކެތި އެފަރާތްތަކަށް ފޮނުވުމާއި، އޭގެ ރިޕޯޓްތަކާއި ރެކޯޑްތައް ބެލެހެއްޓުމާއި ކައުންސިލިންގ ދިނުން.
  3. ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ދޫކުރުން.
  4. ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީތަކާއި އިކްވިޕްމަންޓްތައް ސާފުކުރުމާއި، ބެލެހެއްޓުމާއި، ލެބޯޓްރީއަށް ލިބޭ މެޝިނަރީސް، އިކްވިޕްމަންޓްސް، ރިއޭޖެންޓްސް، ކޮންޒިއުމަބަލްސް ފަދަ ތަކެތީގެ ޗެކްރުމަށްފަހު ބަލައިގަތުން.
  5. ޑޯނަރުންގެ ގައިން ލޭ ނެގުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލެބޯޓްރީ ދާއިރާއިން އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ   ވެބްސައިޓުން (www.mbs.gov.mv ން) ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤަމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސި ބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލްކަން ހުރުން.

 

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާންމަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުޞޫލުން މަސައްކަތް ކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3333886 ނަންބަރު ފޯނަށެެވެ. 

 13 ޖުމާދަލްއާޚިރާ 1436
02 އޭޕްރިލް 2015