ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)113-PD/1/2024/6
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 21 ޖަނަވަރީ 2024 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް، މި ކުންފުނީގެ ބޭނުމަށް ކާރެއް ގަތުމާއި ގުޅޭ

  މި ކުންފުނިންދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް، މި ކުންފުނީގެ ބޭނުމަށް ކާރެއް ގަތުމަށް ބޭނުންވެއެވެ.

  ވީމާ، މި އިއުލާނާއި އެކު އެޓޭޗްކްރެވިފައިވާ ސްޕެސިފިކޭޝަންއަށް ފެތޭ ކާރެއް ސަޕްލައިކޮށް ޑެލިވަރ ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ޕްރީބިޑް މީޓިންގ

 

ޕްރީބިޑް މީޓިންގ 21 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ޕްރީބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

   މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށްގޮސް މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

   އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

15 ޖަނަވަރީ 2024