ދެންނެވުން
ނަންބަރު: (IUL)415/415/2024/8
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުން

  1445  ވަނަ އަހަރު މިނިސްޓްރީން އެކުލަވާލައިފައިވާ ފަގީރުންނާއި  މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 15 ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ގދ.ތިނދޫ ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރ އިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން 14:00 ލިބެން ހުންނާނެއެވެ.

ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއި ފޯމް ފުރިހަމަ ކުރާއިރު ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ލިޔުމެއް ފޯމާއި އެކު އެއް ހީރަސް ކުރެވިފައިވާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 15 ޖެނުއަރީ 2024 އިން 01 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ގދ. ތިނަދޫ ކައުންސިލް އިދާރާގެ ކައުންޓަރ އިންނެވެ. ދަފްތަރުގައި ކުރިން ރަޖިސްޓަރ ކުރެވިފައިވާ ފަރާތްތަކުން އަލުން ފޯމް ހުށައަޅާކަން ނުޖެހޭނެއެވެ.

ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވުމަށްފަހު ކައުންޓަރ އަށް ހުށައަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2024