ދިވެހިރާއްޖެ
މިރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުގެ އިޖްތިމާޢީ ސަރަހައްދުތައް،1 އަހަރު ދުވަހުގެ މުއްދަތަށް ( 1 ފެބުރުވަރީ 2024 އިން 31 ޖަނަވަރީ 2025 )
ކުނިކަހާ ސާފްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މަޢުލޫމާތު ސާފްކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފްކުރުން |
ތޮއްޑޫ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމް |
24 ޖަނަވަރީ 2024 |
ބުދަ |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ތޮއްޑޫ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމް |
28 ޖަނަވަރީ 2024 |
އާދިއްތަ |
10:00 |
މަޢުލޫމާތު ސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ
ކުރެވިފައިވާ ކުންފުނިތައް، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަށް
ކަމުގައި ދައްނަވަމެވެ. މަޢުލޫމާތު ސާފްކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލު ކުރެވޭނީ އެއް ވިޔަފާރީގެ ނަމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިގައްނަވާއިރު ތިރީގައި މިދައްނަވާ ތަކެތި ގެންނަން ވާނެއެވެ.
· ވިޔަފާރި ރަޖިސްޓުރޭޝަން އަދި އައި . ޑީ . ކާޑު ކޮޕީ
· ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިޔުން