މަސައްކަތް
ނަންބަރު: (IUL)289/289/2024/04
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 18 ޖަނަވަރީ 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ:

1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު ރާއްޖެއިން ބޭރުން ގެންނަން ބޭނުންވެއެވެ. ވީމާ މިރަށަށް ޙާފިޡަކު ގެނައުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ޖެނުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދި ސިޓީ ހުށަހަޅުއްވާއިރު މިކަންކޮށްދެވޭނެ އަގު ބަޔާންކޮށް ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ޙާފިޡުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަނުގައި ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.
1. ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް ޚަރަދުވާނެ ވަރު)
2. ޙާފިޘް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު އަދި މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު
3. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން
4. ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނެސްދޭ ފަރާތުން.
5. ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ފޯނު ނަންބަރ، އައި.ޑީ ކާޑު ކޮޕީ (ކުންފުންޏެއްނަމަ ރަޖިސްޓަރީ ކޮޕީ)، ތަޖުރިބާގެ ލިޔުމެއް އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ
6. އެހެނިހެން (ޙާފިޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަންގައި ހިމެނުން އެދެން)

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6563757 ނުވަތަ 9651323 ފޯނާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

15 ޖަނަވަރީ 2024