ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)241-A/241/2015/19
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 08 އޭޕްރިލް 2015 14:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފަޅުވެރި

މަޤާމް:

އެސް. އެސް. 2

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އެޑްމިން، އެޗް. އާރ އެންޑް އިންފޮރމޭޝަން ސެކްޝަން

ސެކްޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، / ގއ. އަތޮޅު ކައުންސިލްގެ ދޯނި [އެކެފަރު]

ވަޒީފާ އަދާކުރަންޖެހޭ ތަން:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

މުސާރަ:

-/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤަމުގެ ޝަރުޠުތައް:

  1. އަތޮޅު ކައުންސިލްގެ އިދާރާގެ ދޯނި [އެކެފަރު] ގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ފަޅުވެރިޔަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު، ދޯނީގެ ނެވި އަންގާ ގޮތެއްގެމަތިން ކުރުން.
  2. އަތޮޅު ކައުންސިލްގެ އިދާރާގެ ދޯނި [އެކެފަރު] ދަތުރުކުރާއިރުގައްޔާއި ފަޅުގައި އޮންނައިރު، އެ އުޅަނދަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމުން ރައްކާތެރިކޮށް އުޅަނދު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްފައި އަންގާ ގޮތެއްގެމަތިން ކުރުން.
  3. ދަތުރުނުކުރާ، ބަންދު ނޫން ދުވަސްތަކުގައި، އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތިން، ރަސްމީ މަސައްކަތް ކުރުން.
  4. އަތޮޅު ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެމަތިން ރަސްމީ ކަންތައްތަކުގައި ހަރަކާތްތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

2- ކަނޑުދަތުރުފަތުރު ކުރުމުގައި މިހާތަނަށް ލިބިފައިވާ ތަޖުރިބާއާއި، ހޭދަވި މުއްދަތު.

3- އިންޓަވިއު އިން ލިބޭ މާކްސް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2015 އެޕްރީލް 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި އިޢުލާނުގައި ކަނޑައެޅިފައިވާ މުސާރައިގެ އިތުރުން، އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތްތަކަށް ދިވެހި ސިވިލި ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ރަސްމީ ބޭނުންތަކުގައި ކުރަންޖެހޭ ދަތުރުތަކަށް، ދަތުރު އެލަވަންސާއި، ކޮއްތު ފައިސާއާއި، ރިސްކް އެލަވަންސްވެސް ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820028 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6820002 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015