ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2024/01
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 14 ޖެނުއަރީ 2024 ން 01 ފެބުރުއަރީ  2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ސުންގަޑި ހަމަވުމުގެ ކުރިން ދުރާލާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 13:30 އަށެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ. ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް މި އިދާރާއިން ބަލައިނުގަންނާނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ.                                      

 ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު  ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 1 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދ.ބަނޑިދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.  

15 ޖަނަވަރީ 2024