ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)241-A/241/2015/15
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 08 އޭޕްރިލް 2015 14:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

އެމް. އެސް. 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

އެޓޮލް ޑިވެލޮޕްމަންޓް އެންޑް ސަރވިސަސް ސެކްޝަން

ސެކްޝަން:

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، ގއ. ވިލިނގިލި، ދިވެހިރާއްޖެ

ވަޒީފާއަދާކުރަންޖެހޭ ތަން:

7,035 ރުފިޔާ

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. އަތޮޅުކައުންސިލްގެ ލަފާ ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާ ކަންތައްތައް ދިރާސާކޮށް، ފުރިހަމަ މަޢުލޫމާތާއެކު ކައުންސިލްގެ ޖަލްސާތަކަށް ހުށަހެޅުން.
  2. އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  3. ރަށު ކައުންސިލްތަކާ ގުޅޭ ތިރީގައިމިވާ ކަންތައްތައް ކުރުން.  
  • ރަށުކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުން.
  • ރަށު ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.

  4. އަތޮޅުކައުންސިލުން އެކި ކަންކަމާގުޅިގެން ދޭ ލަފަޔާއި އިރުޝާދު، ކަމާބެހޭ ފަރާތްތަކަށް އެންގުން.

  5. އަތޮޅުގެ ކަންތައްތައް ހިންގާނޭގޮތް ރާވައި އިންތިޒާމްކުރުމާއި، އެ އިންތިޒާމްތައް އަތޮޅު ކައުންސިލަށް ހުށަހެޅުމަށްފަހު، އަތޮޅު ކައުންސިލުން ދޭ ލަފަޔަކާ އެއްގޮތަށް އެ ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

  6. ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.

  7. ތިރީގައި މި ބަޔާންކުރާ ރިޕޯޓްތައް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.

(ހ) ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 20 ވަނަ ދުވަހުގެ ކުރިން، އެ އަހަރެއްގެ ފުރަތަމަ 6 މަސްދުވަހު، ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް

(ށ) ކޮންމެ އަހަރެއްގެ ޖަނަވަރީމަހުގެ 20 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު، ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް.

(ނ) ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް، ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓް.

(ރ) ކޮންމެ އަހަރެއްގެ މާރިޗުމަހުގެ 10 ވަނަ ދުވަހުގެ ކުރިން، ކައުންސިލުގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް.

(ބ) ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް، ކުރިޔަށްއޮތް 5 އަހަރުދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން.

  8. އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ކަންތައްތައް އޮތްގޮތާއި ޙާލަތު ދެނެގަތުމަށްޓަކައި އެކިއެކި ސަރވޭކުރުމާއި، ރިސާޗް ހެދުމާއި، މަޢުލޫމާތު އެއްކުރުން.

  9. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ކަންތައްތައް ހިނގަމުންދަނީ، ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެއާ ޚިލާފަށް ހިނގާ ކަންތައްތައް އިޞްލާޙުކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1- ތަޢުލީމީ ފެންވަރު.

2- މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރު.

3- އިންޓަވިއުއިން ލިބޭ މާކްސް.

ޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

2015 އެޕްރީލް 8 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި އިޢުލާނުގައި ކަނޑައެޅިފައިވާ މުސާރައިގެ އިތުރުން، އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ރަސްމީ ބޭނުންތަކުގައި ކުރަންޖެހޭ ދަތުރުތަކަށް ދަތުރު އެލަވަންސާއި ކޮއްތު ފައިސާވެސް ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި އިދާރާގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6820028  ނަންބަރު ފޯނާއެވެ.  ފެކްސް  ނަންބަރަކީ  6820002  އެވެ.  އީ  މެއިލް  ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015