ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2024/5
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީޜުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުން

1445 ވަނަ އަހަރު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށުއެޅުމުގެ ފުރުޞަތު 14 ޖެނުއަރީ 2024 އިން ފެށިގެން 01 ފެބުރުއަރީ 2024 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 01 ފެބުރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ފޯމްތަކާއި މުއްދަތުހަމަވުމުގެ ފަހުން ހުށައެޅޭ ފޯމްތައް ބަލައިނުގަނެވޭނެއެވެ. މިކަމަށް އެދި ހުށައަޅާ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމްތައް އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންނެވެ. އަދި ފޯމް ހުށައަޅާ ފަރާތްތަކަށް، ފަޤީރުންގެ ދަފްތަރުގައި ހިމެނުނުކަން ނުވަތަ ނުހިމެނޭކަން ރަސްމީ ލިޔުމަކުން އެންގޭނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖަނަވަރީ 2024