ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)263/263/2024/1
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 01 ފެބުރުވަރީ 2024 13:30
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލުން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 2024 ޖެނުއަރީ 14 އިން 2024 ފެބުރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ނިޔަލަށް ހުޅުވާލަމެވެ. ސުންގަޑި ހަމަވުމުގެ ކުރިން ދުރާލާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށަހަޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ. 2024 ޖެނުއަރީ 14 ވާ އާދިއްތަ ދުވަހުން ފެށިގެން މިކަމަށް އެދޭ ފޯމު މި ކައުންސިލުން ލިބެން ހުންނާނެއެވެ.

 

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންނެވެ. ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި، ލިޔެކިޔުންތައް ހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

14 ޖަނަވަރީ 2024