ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2024/3
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

      ދިވެހިރާއްޖޭގެ ޒަކާތުހައުސް  އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ  2024 އިން  1 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 13:00 ގެނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ: 14 ޖަނަވަރީ 2024 އިން 01 ފެބުރުވަރީ 2024 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން  13:00 އަށެވެ.

                    ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 01 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

14 ޖަނަވަރީ 2024