ދިވެހިރާއްޖެ
(IUL)38-AC/38/2024/23 :ނަންބަރު
އިޢުލާން
ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން
މި ކޮމިޝަނުގެ ނަންބަރު :(IUL)38-AC/38/2023/530 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2024 ފެބުރުވަރީ 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
މަޤާމު |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
އަޙްމަދު އަނީސް |
އޮޅުވެލި، ކ. ތުލުސްދޫ |
ކ. އަތޮޅު ކައުންސިލްގެ ރައީސް |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ޙުސައިން ނާޡިމް |
ފަޒާ، ށ. މަރޮށި |
ށ. މަރޮށި ކައުންސިލްގެ މެންބަރު |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ޙަސަން ޢާޞިމް |
ފަރެސްއަވަށް، ކޯނަރ، ގދ. ފަރެސްމާތޮޑާ |
ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު |
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް |
ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.