ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2024/2
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 28 ޖަނަވަރީ 2024 00:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުމަތި ސާފުކޮށް ބެލެހެއްޓުމާގުޅޭ

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗާއި ، ގޯއްޗާ އިންވެގެންވާ މަގުފަޅިތައް ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއް ލިބިފައިވާ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގޯއްޗާއި ގޯއްޗާ ގުޅިފައިވާ މަގު ނުވަތަ މަގުފަޅިތައް ސާފުތާހިރުކޮށް ނުބެލެހެއްޓުމުގެ ސަބަބުން، އެފަދަ ގޯތިތަކުގެ އަވައްޓެރިންނާއި، އާއްމު ރައްޔިތުންނަށް އުދަނގޫތައް ކުރިމަތިވަމުންދާކަމުގެ ގިނަޝަކުވާތައް މިއިދާރާއަށް ލިބެމުން އެބަދެއެވެ.

ވީމާ މި އިދާރާއިން ގެޒެޓްކޮށް އާއްމުކޮށްފައިވާ "މަގުމަތި ކުނިކެހުމާބެހޭ ޤަވާއިދު ނަންބަރ: 2014/R-63 ގެ 3 ވަނަ މާއްދާ އާއި، 4 ވަނަ މާއްދާގެ ( ހ )  އާއި، އާއްމު އުދަގުލާބެހޭ ޤަވާއިދު ނަންބަރު: 2014/R-66 ގެ 9 ވަނަ މާއްދާގެ ( ހ) ގައިވާ ގޮތައް އަދި ކުނި އުކުމާއި، ކުނިނައްތާލުމާއިބެހޭ ޤަވާއިދު ނަންބަރ: 2014/R-48 ގެ 9 ގެ ( ހ ) އާއި، ( ށ ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި އެގޯތިތަކުގެ ވަށައިގެންވާ ގޯތި ހިމެނޭ މަގު މި އިޢުލާން ގެޒެޓް ކުރާތާ 14 ދުވަހުގެ ތެރޭ ސާފުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިގޮތައް އަމަލުނުކުރާ ފަރާތްތަކާމެދު ޤަވާއިދުގައިވާފަދައިން ފިޔަވަޅު އަޅާނެ ކަމުގައިވެސް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

14 ޖަނަވަރީ 2024