މަސައްކަތް
ނަންބަރު: (IUL)142-C1/142/2024/5
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 18 ޖަނަވަރީ 2024 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދީނީ ޕްރޮގްރާމްތައް ސައިން ލޭންގުއޭޖުން ހުށަހަޅައިދޭ އިންޓަޕްރިޓާ ޕޫލް އެކުލަވާލުން

މަޤާމު

ޢަދަދު

ޝަރުޠު

މަސްޢޫލިއްޔަތު

އުޖޫރަ

ސައިންލޭންގްއޭޖް އިންޓަރޕްރިޓަރ

3

(ތިނެއް)

ދީނީ ޕްރޮގްރާމްތައް

 ސައިންލޭންގްއޭޖަށް އިންޓަރޕްރިޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން

އިސްލާމިކް ދަޢުވާ ސެކްޝަންގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ސައިން ލޭންގްއޭޖަށް އިންޓަރޕްރިޓް ކޮށް ދިނުން

-   އިންޓަރޕްރިޓް ކޮށްދެއްވާ ކޮންމެ ޚުތުބާއަކަށް-/500(ފަސްސަތޭކަ) ރުފިޔާ

-   ހުށަހަޅައިދޭ ކޮންމެ ދީނީ ޕްރޮގްރާމަކަށް -/500 (ފަސްސަތޭކަ) ރުފިޔާ

-   އިންޓަރޕްރިޓް ކޮށްދޭ ކޮންމެ ވީޑިއޯ ކްލިޕަކަށް -/300 (ތިންސަތޭކަ) ރުފިޔާ  

މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ މަސައްކަތައް ނިކުންނަ ދުވަހުންފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ ދީނީ ޕްރޮގްރާމްތައް ސައިންލޭންގްއޭޖަށް އިންޓަރޕްރިޓް ކުރުމުގެ ޤާބިލްކަން ހުރިތޯ ބަލައި އިންޓަވިއު ކުރުމަށް ފަހުގައެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ލިބިފައިވާ ތައުލީމާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ، ސީވީ، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތުގެ ތަޖުރިބާގެ ލިޔުން އަދި ޕޮލިސް ރިޕޯޓާއެކު މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުމަށް އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020245 ފޯނަށް ގުޅުއްވުން އެދެމެވެ.

 ޕޫލަށް ސައިންލޭންގުއޭޖް އިންޓަރޕްރިޓާސް ހޮވުމުގައި ބަލާނެ ކަންތައްތައް.

  • ސައިން ލެންގްއޭޖް އިންޓަރޕްރިޓަރުން ހޮވުމުގައި ސައިންލޭންގުއޭޖް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
14 ޖަނަވަރީ 2024