ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-HR/328/2024/9
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންނާއި މިސްކީނުނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލުން

މިއަދުން ފެށިގެން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

  • ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2024 ން 01 ފެބުރުވަރީ 2024 ގެ ނިޔަލަށެވެ.
  • ފޯމް ބަލައިގަތުމުގެ ސުންގަޑިއަކީ 01 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާ ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  • ފޯމް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024