ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކޯޕަރޭޝަނަށް ދެ ވެހިކަލް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MBC-FP/MBC/2015/058) އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމުގެ މަރުޙަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެ ވެހިކަލް ވިއްކުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ދެ ވަނަ ފުރުޞަތެއް ހުޅުވާލަމެވެ.
ވީމާ، މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ދެ ވެހިކަލް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެމް.ބީ.ސީ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އެމް.ބީ.ސީ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ)އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
06 ޖުމާދަލްއާޚިރާ 1436