ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރަސްމީ ލޯގޯ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
އެހެންކަމުން މި ކޮމިޓީގެ ލޯގޯ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ފެބްރުވަރީ 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވިސްނަވައިގެން ލޯގޯ ފަރުމާކޮށް ދެއްވުމަށްފަހު ލޯގޯގެ ސޮފްޓްކޮޕީ ފޮނުއްވާނީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ [email protected] މެއިލްއަށެވެ. އަދި ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މި ކޮމިޓީން ބޭނުންކުރުމަށް ހޮވޭ ލޯގޯ ހުށަހެޅުއްވި ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
02 ރަޖަބު 1445