ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2024/13
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:10
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު 14 ޖަނަވަރީ 2024 އިން 30 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ފޯމް ދޫކުރުން: 14 ޖަނަވަރީ 2024 ން 28 ޖަނަވަރީ 2024 08:30 ން 13:00 އަށް ސިޓީ ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓުން.
  • ފޯމް ބަލައިގަތުން: 14 ޖަނަވަރީ 2024 ން 30 ޖަނަވަރީ 2024، 13:00 އަށް ސިޓީ ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން.

 ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ރަޖަބް 1445 ހ.

14 ޖަނަވަރީ 2024 މ.

14 ޖަނަވަރީ 2024