ނީލަން
ނަންބަރު: HDFC/IU/2015/04
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 05 މާރިޗު 2015 14:00
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް

ބައެއް ތަކެތި ނީލަން ކިޔުން

މިކުންފުނީގެ ބައެއް ތަކެތި، ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހަކު ކައުންޓަރުން މިތަކެތީގެ ތަފުސީލު ލިސްޓު ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ކުރިން ބަންދު ސިޓީއުރައެއްގެ ބޭރުގައި "ނީލަމުން ތަކެތި ގަތުމަށް އެދި" މިހެން ޖައްސަވައި ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާނަމަ އެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާއިރު މިކުންފުނިން ދޭ ތަފުސީލު ކަރުދާހުގައިވާ ފޯމެޓަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ކުންފުނީގެ ނޯޓިސްބޯޑުގައި އެންމެ މަތީ އަގު ހުށަހަޅާފައިވާ އަގުތަކުގެ ލިސްޓު އިޢުލާން ކުރެވޭނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހަޅާފައިވާ އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ.

ވަކި ފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފާރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޯޑު ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) އެއްވެސް ބޭފުޅަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

އަގު ހުށަހަޅަންޖެހޭ ސުންގަޑި:

05 އެޕްރީލް 2015 ގެ 14:00 ގެ ކުރިން

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހަޅަންޖެހޭ ތަން:

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ

25 މާރިޗު 2015