ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2024/13
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 21:06
ސުންގަޑި: 22 ޖަނަވަރީ 2024 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - 1445 ވަނައަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ގުޅޭ

އިޢުލާން

 

1445 ވަނައަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ގުޅޭ.

އައްޑޫސިޓީގެ މިސްކިތްތަކުގެ ތެރެއިން މަރާމާތު ކުރަންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމުގައި ދަރުމައަށް މަސައްކަތް ކުރުމަށް ޝައުޤްވެރިވާ ފަރާތްތަކަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ.  

ވީމާ، އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކޮށް   ޒީނަތްތެރިކުރުމުގެ މަސައްކަތް ދަރުމައަށް ކޮށްދެއްވުމަށް  ޝައުޤުވެރިވާ ފާރާތްތަކުން "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް އެދޭ ފޯމް" 22 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން،  އެ މިސްކިތެއް ހުރި އަވަށެއްގެ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް އެދޭ ފޯމް"   އެ އަވަށެއްގެ އަވަށު އޮފީހުންނާއި، ކައުންސިލްގެ ވެބް ސައިޓް އިން ލިބެން ހުންނާނެއެވެ.  

29 ޖުމާދަލްއާޚިރާ 1445

11 ޖަނަވަރީ 2024

11 ޖަނަވަރީ 2024