ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)315-PROC/315/2024/12
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 18:22
ސުންގަޑި: 21 ޖަނަވަރީ 2024 15:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ޢާންމު ކުރުމާއި މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2024 މާރިޗު 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ 2024 ޖަނަވަރީ 11 ވީ ބުރާސްފަތި ދުވަހު ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި، އިލްކްޝަން ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ 2024 ޖަނަވަރީ 10 އިން 2024 ޖަނަވަރީ 21 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ. ރަސްމީ ބަންދު ދުވަސްތަކުގައި މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

ޝަކުވަ ފޯމާއި އަދި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ މި އިޢުލާނާއިއެކު އެއްހީރާސްކުރެވިފައި ވާނެއެވެ.

29 ޖުމާދުލް އާޚިރާ 1445 ހ.

11 ޖަނަވަރީ 2024