ދިވެހިރާއްޖެ
އޮލިމްޕިކް ސޮލިޑާރިޓީ އެހީގެ ދަށުން ހަންގޭރީގެ ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯޓްސް ސައިންސް ގައި ހިންގޭ އިންޓަނޭޝަނަލް ކޯޗިންގް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކޯޗުންނަށްވެސް ވަނީ ލިބިފައެވެ. މިގޮތުން 01 އޭޕްރިލް 2024 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯޗިންގް ކޯހުގައި ބާސްކެޓްބޯލް ވަނީ ހިމެނިފައެވެ.
މިކޯހަށް ފޮނުވާނެ ފަރާތެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ކަނޑައަޅުއްވާނީ މިކަމަށް އެދި މިއެސޯސިއޭޝަންގެ ފަރާތުން ހުށައަޅާ ކޯޗުންގެ ތިރީގައިވާ ބަޔާންކުރެވިފައިއެވާ ލިޔުންތަކަށް ބެލުމަށް ފަހުއެވެ. އަދި މިކޯހަށް ބައިވެރިން ހޮވުމުގައި މަދުވެގެން 2 އަހަރާއި 5 އަހަރާއި ދެމެދުގެ ކޯޗިން ދާއިރާގެ ތަޖުރިބާ ހުރި ކޯޗުންނަށް އިސްކަން ދެވޭނެއެވެ.
- ކަރިކއުލަމް ވިޓޭ (ބަޔޯ ޑޭޓާ އިނގޭނެ ގޮތަށް)
- ޕާސްޕޯޓް ކޮޕީ
- ޕާސްޕޯޓް ސައިޒް ފޮޓޯ (ޑިޖިޓަލް ސޮފްޓް ކޮޕީ)
- ކޮވިޑް 19 ވެކްސިން ޖެހިކަމުގެ ލިޔުން
ވީމާ، މިޕްރޮގްރާމުގައި ބައިވެރިވެލައްވަން ނަންހުށައެޅުމަށް ބޭނުންފުޅުވާ ކޯޗުން މަތީގައި ދެންނެވިފައިވާ ލިޔުންތައް 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.