ނީލަން
ނަންބަރު: MTCC-TD/IU/2024/0002
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 17 ޖަނަވަރީ 2024 17:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

މިކުންފުނީގެ (ޝިޕްބިލްޑިންގ އެންޑް ރިޕެޔާ ޑިވިޝަން) ތިލަފުށީގައިހުރި (ގާތްގަނޑަކަށް) 20 ޓަނުގެ ބައުދަނގަޑު ޙާއްސަ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ޙާއްސަ ނީލަމުގެ ތަފްސީލް:

1- ނީލަން ކިއުމަށް ހަމަޖެހިފައިވަނީ 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހު 14:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަން، ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

2- ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 17 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އިން 16:00 އަށް އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަން ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3- 16 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު ހެނދުނު 10:30 އިން 12:00 އަށް އެމްޓީސީސީ ތިލަފުށިސައިޓަށް ވަޑައިގަތުމުން ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމުގައި ދަންނަވަމެވެ.

4- މި ނީލަމުގައި ބައިވެރިވެވޭނީ އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަންގައި ރަޖިސްޓްރީވެ، ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.

5- މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 10,000/-ރ (ދިހަ ހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ      001-100668-7717 އަށް 17 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އާއި 16:00 ދެމެދު ގައި ޖަމާކުރުމަށް ދަންނަވަމެވެ. އަދި 16:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

6- ނީލަން ކިޔުމާއި، ނީލަން އިތުރުކުރުމަށް ހުށަހަޅާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ.

7- ނީލަން ފެށޭއަގަކީ ޓަނަކަށް -/1000ރ ( އެއްހާސް ރުފިޔާގެ ) އެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/2000ރ (ދެހާސް ރުފިޔާ) އަށް ވުރެ މަދުނޫން އަދަދެކެވެ.

9- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ގައި ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

10- ނީލަންނިމޭތާ 3 ދުވަހުގެ ތެރޭގައި ނީލަމުން ގަތް ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

11- ނީލަމުން ބައްލަވައިގަތް ތަކެތީގެ އަދަދު 20 ޓަނަށް ވުރެ އިތުރުވާކަމުގައިވާނަމަ، އިތުރުވާ ޓަނަކަށް ޖެހޭ ރޭޓުން ފައިސާ ދައްކާ ޙަލާސް ކުރުމުން ތަކެތި ދޫކުރެވޭނެއެވެ.

12- ނީލަމުގައި ބައްލަވައިގަތް ތަކެތި 20 ޓަނަށްވުރެ މަދުވާނަމަ، މަދުވި ޓަނަކަށް ދެއްކި ފައިސާ ރިފަންޑް ކޮށްދެވޭނެއެވެ.

މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

11 ޖަނަވަރީ 2024