ބީލަން
ނަންބަރު: (IUL)GS-56-D/GS-56/2024/3
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި:
22 ޖަނަވަރީ 2024 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- އެއް އަހަރުގެ މުއްދަތަށް، ތުޅާދޫ ސްކޫލްގެ ސެކިއުރިޓީ 24 ގަޑިއިރަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 11 ޖަނަވަރީ 2024 ން 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/PfoeaSTHJ5tDLg5XA
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 22 ވާ ހޯމަ ދުވަހުގެ 11:00 ގައި ތުޅާދޫސްކޫލްގެ މީޓިންގ ރޫމުގައެވެ. ބިޑް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށަހަޅުއްވަން ދުރުވާނަމަ، ބިޑް ހުށަހަޅުއްވަނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ، ދިވެހިރާއްޖެ.
ފޯން: 6600136/7967371
އީ-މެއިލް: [email protected]
29 ޖުމާދަލްއޫލާ 1445
11 ޖަނަވަރީ 2024