މަސައްކަތް
ނަންބަރު: (IUL)14-PR/1/2024/3
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 23 ޖަނަވަރީ 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް (ހދ.ކުޅުދުއްފުށި) ގެ ކުނި އުކާލުމާބެހޭ.

    މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް ނޯތު ރީޖަނަލް ހެޑްއޮފީސް (ހދ.ކުޅުދުއްފުށީ) ގައި އުފެދޭ ކުނި އުކާލުމަށް ކުރަންޖެހޭ ދަތުރުތަކާއި އެހެނިހެން ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

    ވީމާ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 23 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ނުވަތަ ކަސްޓަމްސް ނޯތު ރީޖަނަލް ހެޑްއޮފީސް (ހދ.ކުޅުދުއްފުށީ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އަށް، 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2024