ދިވެހިރާއްޖެ
ބ.ދޮންފަނު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 11 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެޖިސްޓްރޭޝަން ޝީޓް ހުށަހަޅާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 21 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.