މަސައްކަތް
ނަންބަރު: (IUL)318-PRO/318/2015/30
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 05 އޭޕްރިލް 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ މަސައްކަތްކޮށް ދިނުމާއި ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ބޭނުންވާ ޤާނޫނީ މަސައްކަތްކޮށް ދިނުމަށާއި (ކޯޓުތަކުގައި މި ކައުންސިލްގެ ފަރާތުން ވަކާލާތުކުރުން) ޤާނޫނީ ކަންކަމުގައި ލަފާ ފޯރުކޮށްދިނުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ލޯފާމެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

2015 އެޕްރީލް 05 ވާ އާދީއްތަ ދުވަހުގެ 11:00

2015 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

25 މާރިޗު 2015