ނީލަން
ނަންބަރު: (IUL)428-A/428/2024/1
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 22 ޖަނަވަރީ 2024 11:00
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.އެސް.ޑީ.އޭ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއިގުޅޭ

   މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ. 

  • ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ
  • ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  22 ޖަނަވަރީ 2024 ވާ ހޯމަ ދުވަހު 11:00 ގައި
  • ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  • އަގު ހުށަހެޅުން: އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.
  • މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  • މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3026612
  • ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
  • ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

11 ޖަނަވަރީ 2024