ދިވެހިރާއްޖެ
މަޤާމު: |
ސްޓޭޓް އެޓަރނީ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
ސްޓޭޓް އެޓަރނީ (ސީ.އެސް 9-2) |
ބޭނުންވާ އަދަދު: |
4 (ހަތަރެއް) |
މުސާރަ: |
-/11,240 (އެގާރަ ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ |
ސަރވިސް އެލަވަންސް: |
-/3,600 (ތިން ހާސް ހަސަތޭކަ) ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
(އަސާސީމުސާރައިގެ %35) |
މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޟަން، މާލެ. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް: |
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު. |
އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން |
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އެޕްރީލްމަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ (އަންގާރަ) ދުވަހުގެ 14:30 ގެކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް http://www.agoffice.gov.mvއިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
06 ޖުމާދަލްއާޚިރާ 1436