މަސައްކަތް
ނަންބަރު: (IUL)459-A/1/2015/27
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 05 އޭޕްރިލް 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޢިމާރާތް ތަޅާލައި ތަން ސާފުކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ލ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ގޯތީގެ މިހާރު ހަދައިފައިވާ ޢިމާރާތް ތަޅާލައި މިތަން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.

5 ޖުމާދަލްއާޚިރާ 1436

25 މާރިޗު 2015