ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް އެންވަޔަރަންމަންޓް އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1 / ޖީ. އެސް 3
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/4،465 ރުފިޔާ
-/1،500 ރުފިޔާ
މުސާރައިގެ %35
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާރޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެންވަޔަރަމެންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެންވަޔަރަމެންޓާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޔުނިޓުގެ އަހަރީ ވަރކްޕްލޭނުގައިވާ މަސައްކަތްތައް ކުރުން.
- ދިރޭތަކެތީގެ ނަސްލާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީވެދިނުން.
- ދިވެހިރާއްޖެ ބަޔޯސްފިއަރ ރިޒަރވްއަކަށް ހެދުމުގައި ޔުނިޓުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީވުން.
- ރާއްޖޭގައި ހިމާޔަތްކުރެވޭ ތަންތަނާއި ދިރޭތަކެއްޗާއި ބެހޭގޮތުން ބައިނަލްއަޤުވާމީ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވެ ދިނުން.
- ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން އިމްޕްލިމަންޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
- ޔުނިޓުން ކުރިއަށް ގެންދާ ތަފާތު ޕްރޮޖެކްޓްތަކުގައި ޔުނިޓުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީވެދިނުން
- ކުރާ މަސައްކަތާ ގުޅޭގޮތުން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް އަހަރީ ރިޕޯޓު ތައްޔާރުކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- މިނޫނަސް ޑިޕާޓްމަންޓުން ހިންގާ ބޮޑެތި މަސައްކަތްތަކާއި، އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކްސް ކަންތައްތަކުގައި ބައިވެރިވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018329 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތަކަށް ވުން.
- ދިވެހި ބަހާއި، އިނގިރޭސި ބަހުން މުއާމަލާތުކުރުމަށް އެނގުމާއެކު، ފަރިތަކަމާއެކު ސިޓީ ފަދަ ތަކެތި ލިޔަން ދަންނަ ފަރާތަކަށް ވުން.
- ރަށުން ބޭރުގައި މަސައްކަތް ކުރުމުގައި ޝައުޤުވެރިވާ މިންވަރު.
- އަމިއްލައަށް ދިރާސާކޮށް ކަންކަން ދެނެގަތުމަށް ޝައުޤުވެރިވާ މިންވަރު
- މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 8 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
|
އިންޓަރވިއުއާއި އިމްތިޙާން ކުރުން 9 އެޕްރީލް 2015 އާއި 30 އެޕްރީލް 2015އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
05 ޖުމާދަލްއާޚިރާ 1436 |