ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)25-A5/25/2024/8:ނަންބަރު
އިޢުލާނު |
||||||||||||||||||||||||||||||||||||||
މަޤާމު: |
ޑިރެކްޓަރ |
|||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ވަގުތީ (2 އަހަރު) |
|||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކު: |
އެމް.ޕީ.އެސް. 9 |
|||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
|||||||||||||||||||||||||||||||||||||
މުސާރަ: |
-/12,000 ރ. |
|||||||||||||||||||||||||||||||||||||
ލިވިންގ އެލަވަންސް: |
-/4,000 ރ. |
|||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
- ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ. |
|||||||||||||||||||||||||||||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، ރާއްޖެއާއި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން 2- ޤައުމުތަކުގައި ޤާއިމްކުރެވޭ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތަކާއި އަދި ރާއްޖޭގައި ޤާއިމްކުރެވޭ ޤައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން އަދި އެ ޤައުމުތަކަށް ސަފީރުން ޢައްޔަންކުރުމާއި އެޤައުމުތަކުން ސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް 3- ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި އެހެނިހެން ޢިއްޒަތްތެރިން ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ދަތުރުފުޅަށް ބޭނުންވާ މައުލޫމާތު ކަރުދާހާއި، ޓޯކިންގ ޕޮއިންޓް ތައްޔާރުކުރުން އަދި ރަސްމީ ދަތުރުފުޅުތަކުގެ ފޮލޯއަޕް މަސައްކަތް ކުރުން 4- ޤައުމުތަކުން އަދި އެހީދޭ ފަރާތްތަކުން ރާއްޖެއަށްދޭ ތަމްރީނުގެ ފުރުޞަތުތައް؛ މިގޮތުން ރާއްޖެއަށް ލިބޭ ކުރު މުއްދަތުގެ ތަމްރީނުތަކާއި، ދިގު މުއްދަތުގެ ތަމްރީނުގެ ފުރުޞަތުތައް، ހަމަޖެހިފައިވާ އުސޫލުގެމަތިން ކަމާބެހޭ އޮފީސްތަކަށް އަވަސްގޮތެއްގައި ފޮނުވައި، ޑެޑްލައިން ހަމަވުމުގެ ކުރިން ފޮލޯއަޕް ހެދުމާއި ޤައުމުތަކުން ލިބޭ ޓްރެއިނިންގތަކުގެ ޝީޓްއެއް އެކުލަވާލާ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން 5- ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން 6- ޤައުމުތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުމާއި އެ ޤައުމުތަކުގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތަކާއި ޕްރޮޖެކްޓްތަކާއިގުޅޭ މަސައްކަތްތައް އަދި ރާއްޖެއާއި ޤައުމުތަކާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކުން ކޯޕަރޭޝަން އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން 7- ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެ ޤައުމުތަކުގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު ބޭނުންފުޅުވާ މަޢުލޫމާތު ކަރުދާހާއި ޓޯކިންގ ޕޮއިންޓް ތައްޔާރު ކުރުމުގައި އެހީތެރިވުން 8- ދިވެހިން ދަތުރުކުރާ ޤައުމުތަކުގެ ވީސާ ހޯދުމުގައި މިހާރަށްވުރެ ލުއިފަސޭހަގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުން. 9- ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި ރާއްޖޭގެ ނިންމުންތައް ޤައުމުތަކަށް އެންގުމާއި ރާއްޖެއިން ކުރިމަތިލާ ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި ޤައުމުތަކުގެ ތާޢީދު ހޯދުމަށް މަސައްކަތްކުރުން 10- ޤައުމުތަކާއި ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން 11- ޑިޕާޓްމަންޓް/ޑިވިޜަންގެ އިސްވެރިންގެ ލަފާގެ ދަށުން ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން 12- ޑިޕާޓްމަންޓް/ޑިވިޜަންގެ އެންޓްރީޝީޓް، ރިޕޯޓް، އަހަރީ ރިޕޯޓް، ކޭސް ރިޕޯޓް، ވާރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު، ޕެންޑިންގ ފައިލިންގ އަދި ރެކޯޑް ބެލެހެއްޓުމުގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުޞޫލުން ޤަވާއިދުން ކުރުން 13- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން އެހެން ޑިޕާޓްމަންޓް/ޑިވިޜަންތަކާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން |
|||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
|||||||||||||||||||||||||||||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމެންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ |
||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
|||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %50 (ފަންސާސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
|||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖަނަވަރީ 2024 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|||||||||||||||||||||||||||||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި، މަސަތްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ. |
|||||||||||||||||||||||||||||||||||||
އިމްތިޙާނާއި، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ 21 ޖަނަވަރީ 2024 އިން 31 ޖަނަވަރީ 2023 އަށެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ދިމާވާ ޙާއްސަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އަންގާނެއެވެ. |
|||||||||||||||||||||||||||||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. |
|||||||||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023941/3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
28 ޖުމާދަލްއާޚިރު 1445
10 ޖަނަވަރީ 2024