ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2024/04
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 18 ޖަނަވަރީ 2024 12:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާ "އަޖުމަ" އެވެ ކިޔާ ބަންޑާރަ ގޯތި ކުއްޔަށް ދިނުން.

ހއ.ކެލާ " އަޖުމަ " އެވެކިޔާ ބަންޑާރަ ގޯތި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރުން

11 ޖަނަވަރީ 2024 އިން 18 ޖަނަވަރީ 2024 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

1-      މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، ސަރުކާރު މުއައްސަސާ ތަކަށާއި، ޖަމިއްޔާ ޖަމާޢަތްތަކަށާއި، ޢާއްމު ފަރުދުންނަށެވެ.

2-      ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

3-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]

                              10 ޖަނަވަރީ 2024

10 ޖަނަވަރީ 2024