ބީލަން
ނަންބަރު: (IUL)314/INDIV/2024/04
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 23 ޖަނަވަރީ 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ނަންބަރު 11 ކުއްޔަށް ދިނުމާއިބެހޭ

އިޢުލާން

 

ވިޔަފާރި ބިން ނަންބަރު 11 ކުއްޔަށް ދިނުމާއިބެހޭ

 

ވިޔަފާރި ބިން ނަންބަރު 11  25 އަހަރަށް ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކައުންސިލްގައި ރެޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަންބަރު 6600051 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް  [email protected] އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލާއެކު ( ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި.ޑީކާޑު ނަންބަރު، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ) އިޢުލާން ނަންބަރާއެކު މެއިލްކޮށްދިނުން އެދެމެވެ.  

 

ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 17  ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

މަޢުލޫމާތު ދިނުމާއި ބިޑް ހުށައެޅުން

މަޢުލޫމާތު ދިނުން

ބިޑް ހުށައެޅުން

18  ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00

23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00

 

ބީލަން ހުށައެޅުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހުގެ 13:05ގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަގެ އިދާރާގެ މީޓިގް ހޯލްގައެވެ.އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއްނެތް ކަމުގެ ލިއުން ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އެޑްރެސް[email protected]

ފޯން : 6600051

 ނޯޓް:މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

28 ޖުމާދުލް ޢާޙިރް 1445

10 ޖެނުއަރީ 2024

10 ޖަނަވަރީ 2024