މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/105
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 14 އޭޕްރިލް 2015 12:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް ހިންގައި ބެލެހެއްޓުން

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގާ ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެޗްޑީސީ (ހުޅުލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އިން ނެއިބަރހުޑް 1 ގައި އިމާރާތް ކުރައްވައި މި މިމިނިސްޓްރީއާ ހަވާލުކޮށްފައިވާ ސްކޫލް، ޕްރީސްކޫލެއްގެ ގޮތުގައި ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 25 އެޕްރީލް 2015 ގެ 14:00 އަށް ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައިވާ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގ 15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލޭގައި އަލަށް އިމާރާތް ކުރެވިފައިވާ ޕްރީސްކޫލުގައި އޮންނާނެއެވެ.

"ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ބީލަން" މިނިސްޓްރީ އޮފް އެޑިއުކޭޝަން، ވެލާނާގޭގެ 8 ވަނަ ފަންގިފިލާއިން 05 އެޕްރީލް 2015 ން 14 އެޕްރީލް 2015 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް މިމިނިސްޓްރީގެ ފައިނޭންސް ސެކްޝަނުން (ވެލާނާގޭގެ 08 ވަނަ ފްލޯ) ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަން ފޮތެއް ލިބެން ހުންނާނީ -/500 ރުފިޔާއަށެވެ.

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015