ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MUH/1/2024/5
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި:
18 ޖަނަވަރީ 2024 00:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލްގެ ވަން މީލް ޕްރޮގަރާމް އަދި ކެންޓީން ހިންގައި ބަލަހައްޓައިދިނުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މުޙްޔިއްދީން ސްކޫލްގެ ކެންޓީން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 3 ވަނަ އިއުލާން (އިއުލާން ނަންބަރު (IUL)MUH/1/2023/187 އަށް އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވުމާއިއެކު، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 ޖެނުއަރީ 2024 ން 18 ޖެނުއަރީ 2024 ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
- ކުންފުނީގެ ނަން
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މުޙްޔިއްދީން ސްކޫލް-
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 30 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
10 ޖަނަވަރީ 2024