ނީލަން
ނަންބަރު: MNU-CA-NL/2024/02
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި:
18 ޖަނަވަރީ 2024 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2024 ޖަނަވަރީ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޔުނިވަރސިޓީގެ ސީ.ބްލޮކް (އަމީނީ ބިލްޑިންގ، އަމީނީ މަގު) އަށް ޙާޟިރުވުން އެދެމެވެ.
- ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2024 ޖަނަވަރީ 18 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޔުނިވަރސިޓީގެ ސީ.ބްލޮކް (އަމީނީ ބިލްޑިންގ، އަމީނީ މަގު) އަށް ޙާޟިރުވުން އެދެމެވެ.
- ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
- މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345134 އީ-މެއިލް: [email protected] |
10 ޖަނަވަރީ 2024