ދިވެހިރާއްޖެ
މަޤާމް: އޮކިއުޕޭޝަނަލް ތެރަޕިސްޓް
މަޤާމުގެ ގިންތި: ދާއިމީ
ޑިޕާޓްމަންޓް: ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ
މަސައްކަތް ކުރަންޖެހޭ ތަން:ޗައިލްޑް ޑެވެލޮޕްމެންޓް ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް
ތަޢުލީމާއި ތަޖުރިބާ:
މަޤާމް: އޮކިއުޕޭޝަނަލް ތެރަޕިސްޓް - ޕީ.އެސް 07
- 1. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލ 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން
މަޤާމުގެ އަސާސީ މުސާރަ: 12423.00 ރުފިޔާ ( މަހަކު )
މަޤާމުގެ އެލަވަންސް: 5797.00 ރުފިޔާ ( މަހަކު )
ޙާޟިރީ ޢިނާޔަތް: 157.00 ރުފިޔާ ( މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް )
މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލިންގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.
އެހެނިހެން އެލަވަންސް:
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.
2- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- ބަލިމިހާގެ ފިޒިކަލް އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ތައް ހެދުން
- ބަލިމީހާއަށް ފަރުވާދިނުމަށްޓަކައި، ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމާއި އެ ޕްލޭނ ގެ ދަށުން ފަރުވާލިބި ނިމޭއިރު ހާސިލް ވާން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމާއި، އެކަންތައްތައް ހާސިލް ކުރުމުގައި ބަލިމީހާއަށް އެހީތެރިވުމުގެ ގޮތުން ހިމަނާނެ ހަރަކާތްތަކަކީ ކޮބައިކަން ވަކިން އެނގޭނެހެން ތަފްސީ ލާއެކު އެކުލަވާލައި ޕްލޭން ގައި ހިމެނުން
- އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާންމު ދިރިއުޅުމުގައި ކުރަން ޖެހިދާނެ ފަދަ ކަންކަން ކުރުމުގައި އެހީތެރިވުން
- ބަލިމީހުންނަށް އެމީހުންގެ ބަލީގެ ސަބަބުން ވާ އުނދަގޫތައް ކުޑަކުރެވޭނެފަދަ ހަރަކާތްތައް ކުރާނެ ގޮތް ދައްކައިދިނުން
- ބަލިމީހާ ދިރިއުޅޭ ގެ އަދި މަސައްކަތް ކުރާ މާހައުލު ރަނގަޅަށް ބަލައިހެދުމަށް ފަހު، ބަލިމީހާއަށް ޞިއްޙީ ގޮތުން ބޭނުންހުރި ކަންތައްތަކުގެ މައްޗާސޤ ރިއާޔަތްކޮށް، ރަނގަޅު ކުރެވިދާނެ ފައިދާހުރި މުހިއްމު ކަންތައްތަށް ފާހަނގަކުރުން
- ބަލިމީހާގެ ޢާއިލާ މީހުންނަށް އަދި ބަލިމީހާ މަސައްކަތް ކުރާތަނުގެ އިސްވެރިންނަށާއި އެކީގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަލިމީހާއަށް އަޅާލައި ،ބަލިމީހާއަށް އެންމެ އެކަށީގެނ ވާގޮތަށް މަސައްކަތުގެ މާހައުލު ރާވައި ހަމަޖައްސާނެ ގޮތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށށް ދިނުން.
ގުޅޭ ވަޒީފާގެ ދާއިރާތައް: އޮކިއުޕޭޝަނަލް ތެރަޕީ
ކުރިމަތިލުމުގެ ސުންގަޑި: 18 ޖަނަވަރީ 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- އައި.ޑީ ކާޑު ކޮޕީ
- އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ އަދާހަމަ ލައިސަންސް
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.