މަސައްކަތް
ނަންބަރު: KACL/iulaan/2015/004
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 02 އޭޕްރިލް 2015 14:30
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެލްމިނިއަމް ދޮރުތައް ޖަހައިދޭނޭ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާރމިނަލް އަޕްގްރޭޑްކުރުމަށްޓަކައި ހޯދަންޖެހޭ އެލްމިނިއަމް ދޮރުތައް ޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: KACL/iulaan/2015/002 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު (ބީލަން) ހުށަހަޅުއްވާފައިނުވާތީ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން (އަންދާސީހިސާބު) ހުށަހެޅުއްވުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، 2015 އެޕްރީލް 2 ވަނަ ދުވަހުގެ 14:30 އަށް ކައްދޫ އެއަރޕޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 9 ވަނަ ދުވަހުގެ 14:30 އަށް ކައްދޫ އެއަރޕޯޓަށް އަންދާސީހިސާބު (ބީލަން) ހުށަހެޅުއްވުން އެދެމެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015