ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)340-A/340/2024/1
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި:
17 ޖަނަވަރީ 2024 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1445 ވަނައަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޚް ނަމާދު ކުރާނެ ޕާކިސްތާން ޙާފިޡަކު ހޯދުމާއި ގުޅޭ
1445 ވަނައަހަރުގެ ރަމަޟާންމަހު އއ.ރަސްދޫ، މަސްޖިދުލް ހުދާ ގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޚް ނަމާދު އިމާމުވެ ނަމާދު ކުރާނެ ޕާކިސްތާން ޙާފިޡަކު މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2024މ ބުދަ ދުވަހު 13:00ގެ ކުރިން ހުށަހަޅާ ފަރާތެއްގެ ލެޓާރ ހެޑުގައި ސިޓީއަކާއިއެކު މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅާ ހުށަހެޅުން މި ކައުންސިލްގެ އިދާރާއަށް އީމެއިލުން ނުވަތަ ހާޑުކޮޕީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނާމަ ކުރައްވާނީ [email protected] އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ 6660714 އާއި ގުޅުއްވުމަށް ދަންނަވަމެވެ.
ހުށަހެޅުމުގައި ހިމެނެންޖެހޭ ބައިތައް
- ފުލައިޓުގެ ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެގެނައުމާއި، އެނބުރި ޤައުމަށް ދިއުމަށް ފުލައިޓުން ޚަރަދު ވާނެވަރު)
- މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު، (މާލޭގައި މަޑުކުރަންޖެހިއްޖެނަމަ)
- ޙާފިޡަށްދޭ އެލަވަންސް
- ވިސާ ދެއްކުމާއި އިންޝުއަރރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރި ކަމުގެ ލިޔުން.
- ތަޖުރިބާގެ ލިޔުންތައް.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
09 ޖަނަވަރީ 2024